ޑރ. ހަސަން ސަޢީދު ހ.އ. އާއި ހ.ދ ގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރު މިއަދު ފައްޓަވައިފި
05 އޮކްޓޯބަރު 2008 - ރައްޔިތުންގެ ކެންޑިޑޭޓް ޑރ. ހަސަން ސަޢީދު ހ.އ. އަތޮޅާއި، ހ.ދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރު މިއަދު ފައްޓަވައިފިއެވެ....ވިދާޅުވޭ
ޑރ. ޙަސަން ސަޢީދުގެ މެނިފެސްޓޯގައި ވަޢުދުވެފައިވާ ކަންތައްތަކަށް ފައިސާ ހޯދާނީ ސަރުކާރުގެ އިސްރާފު ކުޑަކޮށްގެންނާ އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައިގެންކަމުގައި ޑރ. ޙަސަން ހާމަކުރައްވައިފި
04 އޮކްޓޯބަރު 2008 - ޑރ. ޙަސަން ސަޢީދުގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ހޭދަކުރަންޖެހޭ މިންވަރުތަކާ، އެކަންކަމަށް ފައިސާހޯދާނެގޮތް ޑރ. ޙަސަން ސަޢީދު ހާމަކުރައްވައިފިއެވެ. މިކަން ކުރެއްވީ މިރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާއެއްގައެވެ....ވިދާޅުވޭ
ޑރ. ޙަސަން ސަޢީދު ދެކުނަށް ކުރައްވާ ކެމްޕެއިން ދަތުރު މާދަމާ ފަށްޓަވާނެ
03 އޮކްޓޯބަރު 2008 - ރައްޔިތުންގެ ކެންޑިޑޭޓް ޑރ. ޙަސަން ސަޢީދު ކެމްޕެއިން ދަތުރެއްގައި ގދ އަތޮޅާއި، ގއ އަތޮޅަށް މާދަމާ ވަޑައިގަންނަވާނެއެވެ....ވިދާޅުވޭ
މަރްހޫމް ހުސައިން ސަލާހްގެ މައްސަލަގައި ކުރީގެ ބަންޑާރަ ނައިބު އަދި ފޮރިން މިނިސްޓަރގެ އެއްވެސް ގުޅުމެއް ނެތް: ޑރ. ޢަހްމަދު ޝަހީދު
03 އޮކްޓޯބަރު 2008 - މިދިޔަ އަހަރު ކުރީކޮޅު ފުލުހުން ތަހްގީގަށްގެނައި ސ. ހިތަދޫ ނާޒުކީގެ ޙުސައިން ސަލާހްގެ މަރުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އަދި ފޮރިން މިނިސްޓަރުގެ އެއްވެސް ގުޅުމެއްނުވާނެކަމުގައި ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ. ...ވިދާޅުވޭ
މައުމޫން ސަރުކާރުން ނުފުއްދާ ހުރި ވަޢުދުތައް ޑރ. ޙަސަންގެ ކެމްޕެއިން ޓީމުން ހާމަކޮށްފި
03 އޮކްޓޯބަރު 2008 - ރައީސް މައުމޫނުގެ 30 އަހަރުގެ ސަރުކާރުން ނުފުއްދާ ހުރި ވަޢުދުތައް ޑރ. ޙަސަން ސަޢީދުގެ ކޭމްޕެއިން ޓީމުން މިއަދު ހާމަކޮށްފިއެވެ....ވިދާޅުވޭ
ޑރ. ޙަސަން މ، ދ އަދި ފ އަތޮޅަށް ދަތުރެއް ފައްޓަވައިފި
30 ސެޕްޓެމްބަރު 2008 - ރައްޔިތުންގެ ކެންޑިޑޭޓް ޑރ. ޙަސަން ސަޢީދު މުލަކު އަތޮޅަށާއި، ނިލަންދެ އަތޮޅު އުތުރުބުރިއާ ދެކުނުބުރިއަށް ކުރައްވާ ކޭމްޕެއިން ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑަގަންނަވައިފިއެވެ. ...ވިދާޅުވޭ
ޑރ. ޝަހީދު ކޮޅުނބަށް ވަޑައިގެންފި
30 ސެޕްޓެމްބަރު 2008 - ރައްޔިތުންގެ ކެންޑިޑޭޓް ޑރ. ޙަސަން ސަޢީދުގެ ރަނިންގމޭޓް ޑރ. އަހްމަދު ޝަހީދު މިއަދު ހެނދުނު ސްރީލަންކާގެ ކޮޅުނބަށް ވަޑައިގެންފިއެވެ....ވިދާޅުވޭ
ޙަސަން ސަޢީދުގެ ރިޔާސީ ކެމްޕޭންގެ ވެބްސައިޓް އިފްތިތާޙު ކޮށްފި
29 ސެޕްޓެމްބަރު 2008 - މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ޑރ.ޙަސަން ސަޢީދުގެ ރިޔާސީ ކެމްޕޭންގެ ވެބްސައިޓް ރޭ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ....ވިދާޅުވޭ
ޤާނޫނާއި ޚިލާފު އެއްވެސް ކަމެއްކޮށްފައި ނުވާނެކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެ.
29 ސެޕްޓެމްބަރު 2008 - ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ އަދި އެންމެ ތާރީޚީ ނާއިބު ރައީސުންގެ ބަހުސާ ދިމާކޮށް ޑރ. އަޙްމަދު ޝަހީދާއި ބެހޭގޮތުން ޑީ.އާރ.ޕީގެ ފަރާތުން ރިޔާސީ ތަރުޖަމާނު އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފު (މުންދު) ދެއްކެވި ވާހަކައަކީ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލުމުގެ ގޮތުން ދެއްކެވި ވާހަކައެއްކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ޚާރިޖީވަޒީރަކަށް ހުންނެވި އިރުވެސް، ނުވަތަ އެހެންވެސް އިރެއްގައި ޤާނޫނާއި ޚިލާފު އެއްވެސް ޢަމަލެއް ކޮށްފައި ނުވާނެކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ....ވިދާޅުވޭ
ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރުމަށް ބޭރުގެ އިންވެސްޓަރަކު ސަރުކާރަށް ހޯދައިދިނިން: ޑރ.ހަސަން
29 ސެޕްޓެމްބަރު 2008 - އެމެރިކަން ޔުނިވާސިޓީއެއް ހުޅުވަން ހުށަހެޅުމުން ސަރުކާރުން ބޭނުމެއްނުވި: ޑރ.ހަސަން
ހުޅުމާލެއިން 3000 ފްލެޓް އިތުރުކުރުމަށް ބޭރުގެ އިންވެސްޓަރަކު ސަރުކާރަށް ހޯދައިދިން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ.ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ....ވިދާޅުވޭ
މިވަގުތަކީ ތިމާ ގައުމަށް ކޮށްދޭންވީ ކަންތައްތައް ކިޔާދޭންވީ ވަގުތުކަމަށް ޑރ.ޙަސަން ވިދާޅުވެއްޖެ
28 ސެޕްޓެމްބަރު 2008 - މިވަގުތަކީ ދިވެހި ގައުމުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކޮންމެ ބޭފުޅަކުވެސް ގައުމަށް ކޮށްދޭންވީ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ ކިޔައިދޭންވީ ވަގުތުކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޑރ.ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ....ވިދާޅުވޭ
ރާއްޖެއަށް މިއަދު އައިސްފައިވާ އިސްލާހީ ބަދަލުތަކަކީ އެއްބަޔަކު އެތެރޭގައި ތިބެގެން އަނެއް ބަޔަކު ބޭރުގައި ތިބެގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ޑރ.ޙަސަން ވިދާޅުވެއްޖެ
28 ސެޕްޓެމްބަރު 2008 - ރާއްޖެއަށް މިއަދު އައިސްފައިވާ އިސްލާހީ ބަދަލުތަކަކީ އެއްބަޔަކު އެތެރޭގައި ތިބެގެން އަނެއް ބަޔަކު ބޭރުގައި ތިބެގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ޑރ.ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ....ވިދާޅުވޭ
ޑރ.ޙަސަންގެ ސަރުކާރެއްގައި ހިމެނިވަޑައިގަންނަވާނީ ގިނަ ޕާޓީތަކެއް ހިމެނޭ ގާބިލް ބޭފުޅުންތަކެއް ކަމަށް ޑރ.ޙަސަން ވިދާޅުވެއްޖެ
27 ސެޕްޓެމްބަރު 2008 - މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ޑރ.ޙަސަން ސަޢީދުގެ ސަރުކާރެއްގައި ހިމެނިވަޑައިގަންނަވާނީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ޖަމާއަތަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި އޭނާގެ ސަރުކާރެއްގައި ހިމެނިވަޑައިގަންނަވާނީ ގިނަ ޕާޓީތަކެއް ހިމެނޭ ގާބިލް ބޭފުޅުންތަކެއްކަމަށް ވިދާޅުވެއްޖެއެވެ. ...ވިދާޅުވޭ
ޕްރެސް ރިލީޒް
18 ޖުލައި 2008 - ޕޮރޮފެސަރ ޢަބްދުﷲ ސަޢީދާއި އަޅުގަނޑު 2004 ގައި ލިޔެ ޝާއިޢުކޮށްފައިވާ “ފްރީޑަމް އޮފް ރިލިޖަން، އެޕޮސްޓަސީ އެންޑް އިސްލާމް” މިފޮތަކީ، ރާއްޖޭގައި ގެންގުޅުން މަނާ ފޮތެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅުއްވި ކަނޑައެޅުން އަޅުގަނޑު ކުށްވެރި ކުރަމެވެ....ވިދާޅުވޭ
މެނިފެސްޓޯ ފުވައްމުލަކުގެ ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން
16 ޖުލައި 2008 - ޑރ. ޙަސަން ސަޢީދުގެ މެނިފެސްޓޯ ރައްޔިތުންނާ ހިއްސާކުރެއްވުމަށްޓަކައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން 16 ޖުލައިން 18 ޖުލައި އަށް ޏ. ފުވައްމުލަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި 16 ޖުލައި 2008 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ....ވިދާޅުވޭ
ޑރ.ހަސަން ސައީދު ހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ އެންމެފަހުގެ ހަބަރުތައް
16 ޖުލައި 2008 - ޑރ.ހަސަން ސައީދު ހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ އެންމެފަހުގެ ހަބަރުތައް
މިދަތުރުފުޅުގެ މަގްސަދަކީ ޑރ.ހަސަން ގެ މެނިފެސްޓޯ ރައްޔިތުންނާއި ހިއްސާކޮއްލުމެވެ. މިގޮތުން މިދަތުރަށް ހުވަދޫއަތޮޅުގެ ރައްޔިތުން ދެއްވަމުންދާ ތަރުހީބާއި ޝައުގުވެރިކަން ފާހަގަކުރައްވަމުން ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށް ޑރ.ހަސަން އަރިހުގައި ވަޑައިގެން ޑރ. ޝަހީދު ހަބަރުދެއްވިއެވެ. މީގެ އިތުރުން ދަތުރުގެ މަގްސަދް ވަރަށް ރަނގަޅަށް ހާސިލް ވަމުންދާކަމުގައި ދެންނެވިއެވެ....ވިދާޅުވޭ
ޕްރެސް ރިލީޒް
14 ޖުލައި 2008 - އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ ސުލްތާން އޮފް އޮމާން ޕްރޮފެސަރ ޢަބުދުއްލާ ސަޢީދު 2003 ވަނަ އަހަރު ލިޔެފައިވާ “ފްރީޑަމް އޮފް ރިލިޖަން އެޕޮސްޓަސީ އެންޑް އިސްލާމް” މިފޮތާއި ބެހޭގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުގައިއާއި ބައެއް ސިޔާސީ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ބެހޭ ގޮތުން ދަންނަވަމެވެ....ވިދާޅުވޭ