join the campaign

އާންމުކޮށް ޑރ. ޙަސަން ސަޢީދާއި ކުރެވޭ ސުވާލާއި ޖަވާބު

ޙަސަންނާ އިދިކޮޅު ބައެއްފަރާތްތަކުން އެބަބުނޭ ޙަަސަން ސަޢީދުގެ ގާތް ދެ ރަހްމަތްތެރިންކަމަށްވާ ޑރ.ޝަހީދުއާއި، އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ ރައީސް މައުމޫނުގެ އެޖެންޓުންކަމަށް، މިކަމާމެދު ޙަސަން ކީކޭތޯވިދާޅުވާނީ؟

އަޅުގަނޑު ދޭންއޮތް ޖަވާބަކީ އަޅުގަނޑުމެންކަހަލަ އެޖެންޓުން ގިނަގިނައިން އުފައްދަންވިއްޔޭ، އަޅުގަނޑުމެންކަހަލަ އެޖެންޓުން ގިނަވިނަމަ އަދި ތަންކޮޅެއްކުރީގަ ތިބިނަމަ ރައީސް މައުމޫނަށް މިހާދުވަހު ވެރިކަންކުރާނެ އެއްވެސް ޖާގައެއް ނޮންނާނެ. ސަބަބަކީ އަޅުގަނޑުމެން ސަރުކާރުގަ ހޭދަކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ޙާލަތު މިއޮތީ އިންތިހާޔަށް ބަދަލުކޮށްފަ. ޚިޔާލުފާޅުކުރުމުގެ ތަނަވަސްކަން މިއޮތީ ލިބިފަ. ސިޔާސީ ޕާޓީ ތަޢާރަފްވެފަ. އެއްވެ އުޅުމުގެ މިނިވަންކަން ޤާއިމުވެފަ. ކަފާލާތުގެ ނިޒާމާއި ދައުލަތުގެ އިޒުނައަކާއި ނުލައިވެސް ދައުލަތުގެ މައްޗަށް ދަޢުވާ އުފުލުމުގެ ފުރުޞަތު ލިބިފަ. ޝަރުޢީ ދާއިރާއަށް އެކަށީގެންވާ ބޮޑެތި ބަދަލުތައް މިއޮތީ ގެނެވިފަ. ޤާނޫނީ ވަކީލުންގެ އެހީ ފުރިހަމައަށް އެބަލިބޭ. ގިނަގުނަ ބައިނަލް އަޤްވާމީ މުޢާހަދާތަކުގައި ދިވެހި ސަރުކާރުން މިއޮތީ ބައިވެރިވެފަ. ޢަބުދުއްލާ ޙަމީދު، ފަތުހުއްލާ ޖަމީލު، އުމަރު ޒާހިރު، ސަމަރުބުލޫ އިބްރާހިމް މަނިކުމެން ފަދަ މުސުކުޅި ބޭފުޅުން ވަޒީރުންގެ މަޖިލީހުން ދުރުކުރެވިފަ. ރައީސު މައުމޫނު ލައްވާ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ އެއް ގެނައުމަށްޓަކައި ބޭނުންވާ އިސްލާހުތަކުގެ މަގުޗާޓެއް އިޢްލާން ކުރެވިފަ. އަދި އެއިގައި ހުރި ކަންކަން ނުކުރުމުގެ ސަބަބުން މިއަދު ރައީސު މައުމޫނުވަނީ ބައިނަލް އަޤްވާމީ މުޖްތަމަޢުގައި އެކަހެރިވެފަ. ރައީސު މައުމޫނު އިޞްލާހު ގެންނަން ވެވަޑައިގެންފައިވާ އެހެންނަމަވެސް ފުއްދާ ނުދެއްވި ވަޢުދުތައް އަޅުގަނޑު މެން މިދަނީ ދިވެހިންނަށާއި ބައިނަލް އަޤްވާމީ މުޖްތަމަޢަށް ހަނދުމަކޮށް ދެމުން. އިންތިޚާބުގައި ހަދާ މަކަރުތަކާއި އޮޅުވާލުންތައް ހުއްޓުވުމުގެ ގޮތުން ދާދިފަހުން އިނގިރޭސިވިލާތުގައާއި ބްރަސަލްސްގައި މޯލްޑިވްސް އިލެކްޝަންސް ވޯޗުގެ ނަމުގައި ޖަމްޢިއްޔާތަކެއްވެސް އުފެއްދުން. އަދި އަޅުގަނޑުމެން ބޭނުންވި ބަދަލުތައް ބޭނުންވި ހަލުވި މިނުގައި ރައީސު މައުމޫނު ގެނެސް ނުދެއްވުމުން އަޅުގަނޑުމެން މިތިބީ ބޮޑެތި މުސާރައާއި، ޢިނާޔަތްތަކާއި، ދިދަ ޖެހި ކާރާއި، ރަތް ޕާސްޕޯސްޓު ފަދަ އެއްޗެހި ދޫކޮށް މަޤާމުން އިސްތިޢުފާ ދީފަ. ޢެޖެންޓުންނަކީ ޢާންމުކޮށް ފަސްބައި ހަޑި ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކަށް ވުރެން ތިމާގެ އަމިއްލަ އެދުން އިސްކުރާ ބައެއް. އަޅުގަނޑުމެންނަކީ މިފަދަ ބައެއް ކަމަށް ޢާންމުން ޤަބޫލުނުކުރާނެ.

ކުރިއަށް ރޭވިފައިވާ ހަރަކާތްތައް

29 ސެޕްޓެމްބަރު 2008 - ސިޔާސީ ފެންޑާ

29 ސެޕްޓެމްބަރު 2008 - ސިޔާސީ ފެންޑާ

އިތުރު ހަރަކާތްތައް...

ފޮޓޯތަކުގެ ތެރޭން

އިންޓަނެޓް ޓީވީ ޗެނަލް

Official Blog of Hassan2008 Campaign Font Download Font Download